ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެ ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް!

ޖޯލި މޯލްޑިވްސްއާއި ރ. ބޮޑުފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވިޓެއްގައި ބުނެފައިވަނީ ޖޯލި މޯލްޑިވްސްއާއި ރ. ބޮޑުފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ އެ ދެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ޤައުމަށް ދިޔަ ދެމީހަކު ކޮވިޑް19 އަށް ފައްސިވެފައިވާތީކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މޮނިޓަރިންގެ ހާލަތުގައި މި ދެ ރިސޯޓު އޮންނާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ އަސަރު ދިވެހިރާއްޖޭއަށް ވެސް ކޮށްފައިވާއިރު މި ރާއްޖެއިން މުޅިއެކު 19މީހަކު ވަނީ މިހާތަނަށް ބައްޔަށް ފައްސިވެފައެއެވެ. ނަމަވެސް މީގެތެރެއިން 13 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 6 މީހަކަށް ފަރުވާދެމުންދާއިރު އޭގެތެރެއިން 4 މީހުންނަކީ ދިވެހިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top