ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެއިން އަނެއްކާވެސް އިތުރު ދެ މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

މާލެއިން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެއިން ކޮވިޑް-19 އަށް ފައްސިވި 13 ވަނަ މީހާ އަކީ، ރާއްޖެއިން ފައްސިވި 28 ވަނަ މީހާ އާއި ސީދާގޮތުން ބައްދަލުވި ފަރާތެއް ކަމަށާއި، އޭނާ ކިބައިން ބަލީގެ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ.

މާލެ އިން ފައްސިވި 14 ވަނަ މީހާ އަކީ ރާއްޖެއިން ފައްސިވި 27 ވަނަ މީހާ އާއި ސީދާގޮތުން ބައްދަލުވި ފަރާތެއް ކަމަށާއި، އޭނާ ކިބައިން ބަލީގެ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެ ދެމީހުން ވެސް މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 14 މީހުން ފައްސިވެފައި ވާއިރު، މި ބަލި ޖެހުނު ދިވެހިންގެ އަދަދު މިވަނީ 18 އަށް އަރާފައެވެ. އަދި, ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 34 އަށް އަރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top