ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
24 ގަޑިއިރަށް މާލެ ފުރަބަންދުކޮށްފި

‏މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ‎ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާކަމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން މިއަދު މެންދުރުފަހު ވަނީ ހާމަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި ވެސް ވަނީ އެ އިދާރާއިން ބަޔާންކުރައްވާފައެވެ.

އެޗްޕީއޭއިން ވިދާލުވިގޮތުގައި މި މީހާ ރޯގާގެ އަލާމާތްތައް ފެނިގެން މި މަހުގެ 14 ވަނަ ދުވަހު މާލެ ހިޔާ ކައިރީގައި ހުންނަ ސެނިހިޔާގެ ފުލޫ ކްލިނިކަށް ކޮވިޑް19 އަށް ޓެސްޓު ކުރުމުން މި ރޯގާއަށް ފައްސިވެފައިވާކަމަށެވެ. މި ކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންނަމަވެސް މި ދަނޑިވަޅުގައި ވެސް އެޗްޕީއޭއާއި އެހެނިހެން އިދާރާތަކުންދޭ ސައްޚަ މަޢުލޫމާތާއި އިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.‏ އެގޮތުން ‏‎ކޯވިޑް19 އާއި ގުޅޭ އެންމެ ފަހުގެ އަދި ކަށަވަރު މަޢުލޫމާތު ތިޔަ ބޭފުޅުންނަށް ފޯރުކޮށްދިނުމުގައި އެ އޭޖެންސީން ދެމިތިބޭނެކަމަށާއި މި ދަނޑިވަޅުގައި، ކަށަވަރު ނުކުރެވޭ، އަދި ނުރަނގަޅު މަޢުލޫމާތު ފެތުރުން ހުއްޓައިލުމަށް އަންގާ، އިލްތިމާސްކުރއްވާކަމަށް ވިދާޅުވެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top