ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާއި ގުޅިގެން 24 ގަޑިއިރަށް މާލޭ ސަރައްދު ފުރަބަންދުކޮށްފައި ވާއިރު، މާދަމާ ރާއްޖޭގެ އެތެރޭގެ އެއްވެސް އުދުހުމެއް ނެތްކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ޤައުމީ އެއާލައިނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ:-
“ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.”
މަޢުލޫމާތު ލިބޭގޮތުން މާދަމާ ރާއްޖެއިން ބޭރުގެ ދަތުރުތަކުންވެސް އޮތީ އެންމެ ދެ ދަތުރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖެހިފައި ވާއިރު، އެތެރޭގެ އުދުހުންތައްވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލު
