ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ އިން ހަވަނަ މީހަކު ފައްސިވެ، އިތުރު ހިތްދަތިކަން

މާލެއިން 6 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ސީދާގޮތުން ބައްދަލުވި ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އަށް މާލެއިން ރޭގައި ފައްސިވި 2 މީހުންނާއި އެކު، މި ބަލި ޖެހުނު ދިވެހިންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top