ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލޭގެ ސްޓޮކް ވަރަށް މަދު، އަވަހަށް ލޭ ހަދިޔާ ކޮށްދެއްވާ!

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ލޭ ލިބުން ދަތިވެފައިވާތީ ލޭ ހަދިޔާކުރުމަށް އެދި މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އާންމުންގެ އެހީ އަށް އެދި ގޮވާލައިފިއެވެ.

އެމްބީއެސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބްލަޑް ބޭންކުގައި ހުރި ލޭގެ ސްޓޮކު މަދުވެެއްޖެ ކަމަށާއި، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ސެންޓަރަށް ދުރުވެ އަވަހަށް ލޭ ހަދިޔާކޮށްދިނުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އެދުމުން މީގެ ކުރިންވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top