ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސްކަމަށް ޑޮކްޓަރުން ބުނެފިއެވެ.
މިއަދު ބައްޔަށް ފައްސިވި އުމުރުން 80 އަހަރުގެ މީހާގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މޫސާ ހުސައިން ވިދާޅުވީ ބަލިޖެހުނު އުމުރުން ދުވަސްވީ މީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އެނދުމަތި ކޮށްގެން ފަރުވާ ދިން މީހެއް ކަމަށާއި ހަކުރުބައްޔާއި، ނިއުމޯނިޔާގެ އިތުރުން ލޭމައްޗަށް ދިއުމުގެ މައްސަލަތަކެއްވެސް ހުރި މީހެއްކަމަށެވެ.
ޑރ. މޫސަ އިތުރަށް ވިދާޅުވި ގޮތުގައި އެމިހާގެ ހާލު ގާތުން މޮނިޓަރކުރުމަށްޓަކައި މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ
ކިޔުންތެރިންގެ ޚިޔާލު
