ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނެއްކާވެސް އިތުރު 11 މީހަކު ފައްސިވެއްޖެ

އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ބަންގްލަދޭޝްގެ 9 މީހަކާއި، އިންޑިއާގެ މީހަކާއި އަދި ދިވެއްސެއް ފައްސިވެފައިވާކަމަށެވެ. އަދި، މި މީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 188 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 76 ދިވެހިންނާއި، ބަންގްލަދޭޝްގެ 84 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، އިންޑިއާގެ 11 މީހުންނާއި، ސްރީލަންކާގެ 2 މީހުންނާއި، އިނގެރޭސި ވިލާތުގެ މީހަކާއި، ޖަރުމަނުގެ މީހަކާއި އަދި އިތުރު ގައުމުތަކަށް ނިސްބަތްވާ 2 މީހެކެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1371 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 139 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top