ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަރުދޫ 6 މީހަކާއި، މިލަންދޫ މީހަކު ފައްސިވެއްޖެ

ކޮވިޑް-19 އަށް ށ.ނަރުދޫން ހަ މީހަކާއި، މިލަންދޫ މީހަކު ފައްސިވެއްޖެއެވެ.

މުނިއަވަސް އަށް މައުލޫމާތުު ލިބިފައިވާ ގޮތުގައި ނަރުދުން ފައްސިވި މީހުންނަކީ ދާދިފަހުން ކޮވިޑް-19 އަށް ފައްސިވި ނަރުދޫ “އަމާޒު” ބޯޓުގެ ކެޕްޓަނާ ސީދާ ގޮތުން ބައްދަލުވި މީހުންނެވެ. އަދި، މިލަންދުން ފައްސިވެފައިވަނީ އަމާޒު ބޯޓުން އެ ރަށަށް ދަތުރުކުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަމާޒު ބޯޓާއި، އެ ބޯޓު ދަތުރުކުރި ރަށްތައް ވެސް މިހާރު މޮނިޓަރިން ގެ ހާލަތަށް ގެނެސްފައިވާއިރު، އެ ބޯޓުގެ ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި 101 މީހަކު ހޯދިފައިވާކަމަށް އެ އިދާރާ އިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 245 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 94 ދިވެހިންނާއި، 151 ބިދޭސީންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1210 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 213 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top