ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވި މީހުންގެ އަދަދު 269 އަށް!

އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 269 އަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަޢާރަފުކުރި ޑޭޝްބޯޑުގައި ވާގޮތުން އިތުރު 13 މީހަކު ފައްސިވެފައިވާއިރު، އެ 13 މީހުންނަކީ ވެސް ދިވެހިންނެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 269 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1271 މީހުން އަދި، އައިސޮލޭޝަން ގައި 383 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top