ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
9 ދިވެހިން ފައްސިވެ، ފައްސިވި މީހުންގެ އަދަދު 278 އަށް!

އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 278 އަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަޢާރަފުކުރި ޑޭޝްބޯޑުގައި ވާގޮތުން އިތުރު 9 މީހަކު ފައްސިވެފައިވާއިރު، އެ 9 މީހުންނަކީ ވެސް ދިވެހިންނެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 278 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1289 މީހުން އަދި، އައިސޮލޭޝަން ގައި 285 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top