ދީނީ ސުވާލެއް އޮތީތަ؟
މިއުޒިކީ ދުނިޔެ
ގުންގުނާ ރަހޭ ހެ ބަވަރް – ދިމާނަ

އާޝާ ބޯސްލޭ އާއި މުޙައްމަދު ރަފީ އެކުގައި ކިޔާފައިވާ ހަމަ ކޮންމެ ލަވައަކީވެސް އަސަރުން ފުރިގެންވާ ލަވައެކެވެ. 1969 ގައި އުފައްދާ ރިލީޒް ކޮށްފައިވާ ހިންދީ ފިލްމު ‘އާރާދަނާ’ ގެ ލަވަތަކުގެ ތެރެއިން “ގުންގުނާ ރަހޭ ހެ ބަވަރް” އަކީ ވަރަށް ފާހަގަކޮށްލެވޭ ހިތްގައިމު ލަވައެކެވެ.

މި ލަވަ އިތުރަށް ފުރިހަމަކޮށްދީފައިވަނީ ރާޖޭޝް ކަންނާ އާއި ޝަރްމީލާ ޓެގޯރް ގެ ޖާދޫއެއްފަދަ މޮޅު އެކްޓިންގެ ސަބަބުންނެވެ. ސަމާސާ މޫޑެއްގެ ލޯބީގެ މި ލަވައަކީ އާނަންދު ބަކްޝީ ގެ ޝާއިރާނާ ޚިޔާލުން އަމުނާލާފައިވާ ދެ ލޯބިވެރިންގެ ދެމެދުގައި ދެކެވޭ ވަރަށް ތަފާތު ލޯބީގެ ވާހަކަ ތަކެކެވެ. މާބުރާއި މާތަކުގެ ވާހަކަ ދައްކަމުން ބަގީޗާއެއްގައި ތިބެ މާފޮޅުވަން މިއީ ލޯބީގެ ނަޒަރިއްޔާތުން ބަލާއިރު ވަރަށް ހިތްގައިމު ގޮތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top