އިތުރު 72 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 468 އަށް އަރައިފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަޢާރަފުކުރި ޑޭޝްބޯޑުގައި ވާގޮތުން އިތުރު 72 މީހަކު ފައްސިވެފައިވާއިރު، އެ ހުރިހާ މީހުންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 468 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައި ވާއިރު، 1 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1195 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 320 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ޚިޔާލު
