ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗައިނާއިން އެހީގެ ގެގޮތުގައި 10 ވެންޓިލޭޓަރު ދީފި

ނުރައްކާތެރި ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް އެހީއެއްގެ ގޮތުން ޗައިނާގެ ސަރުކާރާއި މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން ވިޔަފާރިވެރިންގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 10 ވެންޓިލޭޓަރާއި 2 ލައްކަ ފޭސް މާސްކު މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ ފާއިތުވީ 1 މަސް ތެރޭގައި ޗައިނާއިން ރާއްޖެއަށް އެހީ ފޮނުވި ދެވަނަ ފަހަރެވެ. މިކަމަށް ޝުކުރު އަދާކޮށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ.

ޗައިނާގެ ސަރުކާރުގެ އިތުރުންވެސް ޗައިނާގެ މަޝްހޫރު ވިޔަފާރިވެރިންގެ ހިލޭ އެހީވެސް މިދަނޑިވަޅުގައި ރާއްޖެއަށް ލިބެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން މަޝްހޫރު އަލީބާބާގެ ބާނީ ޖެކް މާގެ ފަރާތުން ލިބުނު އެހީ ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top