ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 541 އަށް އަރައިފި!

އިތުރު 14 މީހުން ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 541 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 14 މީހުން ފައްސިވެފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގްލަދޭޝްގެ 9 މީހުންނާއި، ނޭޕާލްގެ 2 މީހުން ކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 541 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 18 މީހަކު ރަނގަޅުވެފައި ވާއިރު، 1 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1547 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 452 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top