ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިރޯ ރިކޯޑްސްގެ މަދަޙަ އަލްބަމް “މުބާރަކް” ރިލީޒްކޮށްފި

މިރޯ ރިކޯޑްސްގެ ފުރަތަމަ މަދަހަ އަލްބަމް “މުބާރަކް” ރިލީސްކޮށްފިއެވެ. ފުން މާނަ ތަކެއް އެކުލެވިގެންވާ މި އަލްބަމް އިތުރަށް ފުރިހަމަ ކޮށްދީފައިވަނީ ހުސެއިން މުބާރަކް (މާރިއޯ) ގެ ހިތްގައިމު އަޑުންނެވެ.

ޖުމުލަ 6 މަަދަހަ އެކުލެވިގެންވާ “މުބާރަކް” އަލްބަމްގައި ހިމެނެނީ ފަސް ކޮޕީ ރާގާއި އެއް އަމިއްލަ ރާގުުގެ މަދަހައެވެ. މީގެ އިތުރުން މި އަލްބަމުގައި ބޯނަސް މަދަހައެއްގެ ގޮތުގައި މަރުޙޫމްް ޔޫސުފް މުހަންމަދުފުޅު (އެދުރުބެ) ލިއުއްވާފައިވާ މަދަހައެއްވެސް ހިމެނެއެވެ.

“މުބާރަކް” އަލްބަމްގެ މަދަހަތަކުގެ ލިރިކްސް ހައްދަވާދެއްވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަސްރަފް އަލީ، ހާރޭ، އަރުސަދު އަދި ޝަކީބު ކަމަށް މިރޯ ރިކޯޑްސް އިން މައުލޫމާތުދެއެވެ.

“މުބާރަކް” މި އަލްބަމުގެ މަދަހަތައް މިހާރު ލަވަފޮށިން އަޑުއަހާލެވޭނެއެވެ.

އަރަމުން އަންނަ ޒުވާން މިއުޒީޝަން އަލީ ނިހާސް (މިރޯ) ގެ އިސްނެގުމުގެ މަތިން ލ. ގަމުގައި ހިންގަމުން އަންނަ މިރޯ ރިކޯޑްސް އިން މިހާރު ދަނީ ގިނަ ލަވަތަކެއްވެސް ދިވެހިންގެ ތެރެއަށް ދޫކޮށްލަމުންނެވެ.

މިވެސް ކިޔާލަން:  ހަބޭސްގެ މަދަހަ އަލްބަމް "ހަސްތީ" މިފަހަރު ސްކޫލްތަކާއި ގުޅިގެން!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ފެންނަ ކުއްޖާ6 އަހަރު ކުރިން

Miro ❤️

ފަހުގެ ޚަބަރު
Home
Menu
Search
Back to top