އިތުރު 7 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 7 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 2 މީހުންނާއި، ބަންގްލަދޭޝްގެ 3 މީހުންނާއި އަދި، އިންޑިއާގެ 2 މީހުންނެވެ.
✳️ COVID-19 Case Updates
As of 09:00pm, confirmed an additional 07 cases of COVID-19 infection in Maldives.
Cases:
– 03 Bangladeshis
– 02 Maldivians
– 02 IndiansTotal number of cases: 904
— Health Protection Agency (@HPA_MV) May 12, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 31 މީހަކު ރަނގަޅުވެފައި ވާއިރު، 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1445 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 842 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
