ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ފައްސިވި އިތުރު 6 މީހުން ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން އިތުރު ހަ މީހުން ރަނގަޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އިތުރު 6 މީހުން ރަނގަޅުވެފައިވާ ކަމަށާއި، އެ މީހުންނަކީ ދިވެހިން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި، އަންހެނެއް ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 46 މީހުން މިވަނީ ރަނގަޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 32 ދިވެހިންނާއި، 14 ބިދޭސީންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top