އިތުރު 38 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 38 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 29 މީހުންނާއި، ބަންގްލަދޭޝްގެ 8 މީހުންނާއި އަދި، ނޭޕާލުގެ މީހެއް ކަމަށެވެ.
✳️ COVID-19 Case Updates
As of 05:00pm :
Confirmed an additional 38 cases of COVID-19 infection in Maldives.
Cases:
– 29 Maldivians
– 08 Bangladeshis
– 01 NepaliTotal number of cases: 1020
— Health Protection Agency (@HPA_MV) May 15, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1020 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 352 މީހުންނާއި، ބަންގްލަދޭޝްގެ 532 މީހުންނާއި، އިންޑިއާގެ 99 މީހުންނާއި، ނޭޕާލްގެ 13 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 6 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 46 މީހުން ރަނގަޅުވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 32 މީހުންނާއި 14 ބިދޭސީންނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1340 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 939 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
