ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިޔާ އަދި ބިހުގެ އަގު އެސްޓީއޯ އިން އަނެއްކާވެސް ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން މީގެ ކުރިން ބިސް ކޭހެއް 260 ރުފިޔާ އަށް ވިއްކާފައި ވާއިރު، ފިޔާ ބަސްތާއެއް ވިއްކާފައި ވަނީ 255 ރުފިޔާ އަށެވެ. ނަމަވެސް، މިހާރު އަގަށް ގެނައި ބަދަލާއެކު، ބިސް ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 240 ރުފިޔާ އަށެވެ. އަދި، ފިޔާ ބަސްތާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 175 ރުފިޔާ އަށެވެ. އެސްޓީއޯ އިން ފިޔާ އަދި ބިހުގެ އަގަށް ގެނައި ބަދަލާއެކު، ބިސް ކޭހަކުން 20 ރުފިޔާ ހެޔޮވެފައި ވާއިރު، ފިޔާ ބަސްތާއަކުން މިވަނީ 80 ރުފިޔާ ހެޔޮވެފައެވެ.

މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުވެސް އެސްޓީއޯ އިން ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭރު 290 ރުފިޔާ އަށް ވިއްކަމުން ދިޔަ ބިސްކޭހެއް 260 ރުފިޔާ އަށް ހެޔޮކޮށްފައިވެއެވެ. އަދި 325 ރުފިޔާ އަށް ވިއްކަމުންދިޔަ ފިޔާ ބަސްތާ ވަނީ 255 ރުފިޔާ އަށް ހެޔޮކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top