އިތުރު 12 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 12 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 11 ދިވެހިންނާއި، އިންޑިއާގެ މީހެއް ކަމަށެވެ.
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1106 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 399 މީހުންނާއި، ބަންގްލަދޭޝްގެ 562 މީހުންނާއި، އިންޑިއާގެ 105 މީހުންނާއި، ނޭޕާލްގެ 15 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 6 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 5 މީހުންްނެވެ.
✳️ COVID-19 Case Updates
From Press at 10:00pm:
Confirmed an additional 12 cases of COVID-19 infection in Maldives.
Cases:
– 11 Maldivians
– 01 IndianTotal number of cases: 1,106
— Health Protection Agency (@HPA_MV) May 18, 2020
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 74 މީހުން ރަނގަޅުވެފައި ވާއިރު، 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1352 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 978 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
