އެތަކެއް އަހަރެން ވާންދެން އަހަރުމެން، ނޮވެލް ކޮރޯނާވައިރަހާއި އެކުގައި ދިރިއުޅެން ދަސްކުރަން ޖެހިދާނެކަމަށް އިންގްލޭންޑްގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރެއް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން ކޮރާނާވައިރަހުގެ ބައްޔާބެހޭގޮތުން ކޮންމެ ދުވަހަކު ދެމުން ގެންދާ ނިއުސް ބްރީފިންގައި ޕްރޮފެސަރ ޖޮނަތަން ވޭން-ޓޭމް ވިދާޅުވީ އިނގިރޭސިވިލާތަށް، މި ބަލިން އަރައިގަނެވެން އޮތީ ބަލިޖެހޭ މިންވަރު ދަށްކޮށްލެވޭ ވަރުގެ ވެކްސިނެއް އުފެއްދިގެން ކަމަށެވެ.
“އެހެންކަމުން، މި ދެންނެވި އުސޫލަށް ބަލާނަމަ، އެތަކެއް ދުވަހެއް ވާންދެން އަހަރެމެން މި ވައިރަހާއި އެކުގައި ދިރިއުޅެން ޖެހިދާނެ، ހަމަ ގައިމުވެސް އެތަކެއް އަހަރުތަކެއް ހޭދަކުރަން ނުޖެހުނަސް އެތަކެއް މަސްތަކެއް ހޭދަކުރާން ޖެހިދާނެ.” އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ޚަރީފުމޫސުމާއި ފިނިމޫސުމް އައުމުގެ ކުރިއަށް ވެކްސިނެއް ހޯދަން ޖެހޭކަމަށް ވިދާޅުވެ ވޭން-ޓޭމް ވަނީ އިންޒާރުވެސް ދެއްވާފައެވެ. އޭގެ ސަބަބަކީ މި ދެ މޫސުމަކީ ރޯގާތައް ފެތުރުން އިތުރު ދެ މޫސުމަށް ކަމަށް ވުމުންނެވެ.
އިނގިރޭސިވިލާތުގެ ސްކޫލުތައް އަލުން ހުޅުވުމާއި ގުޅިގެން މި ބަލީގެ ދެވަނަ މަރުހަލާއެއް ހަލުވިކަމާއެކު ފެތުރިދާނެ ކަމުގެ ބިރުވެރިކަންވެސް އުފެދިފައިވާކަމަށް އިނގިރޭސި ނޫސްތައް ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި