ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިތުރު 6 މީހަކު ކޮވިޑް 19 އިން ރަނގަޅުވެއްޖެ

ރާއްޖޭއިން ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު 6 މީހަކު ބަލިން ރަނގަޅުވެ ރާއްޖޭގައި މި ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 80 އަށް އަރާފައެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ޑޭޝަބޯޑުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން ޖުމުލަ 80 މީހަކު މިހާރު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެެ.

ރާއްޖޭގައި ބަލިން ފަސޭހަކުރުމަށް 17 ވަރަކަށް ދުވަސް ނަގާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ލަފާ ދެނީ ރާއްޖޭގައި މި ބަލިން ރަނގަޅުވާ ރޭޓު ލަސް ކަމުގައެވެ. އެގޮތުން މި ބަލިން ރަނގަޅުވާ ކަމުގައި ކަށަވަރު ކުރަނީ ބަލީގެ އަލާމާތްތައް ރަނގަޅުވެ ދެ ފަހަރަށް ޓެސްޓުކޮށް ނަތީޖާ ނައްސިވުމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 1106 މީހަކު ފައްސިވެފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ. އެގޮތުން  ބަންގްލަދޭޝްގެ 562 މީހަކު ވަނީ މި ބައްޔަށް ފައްސިވްވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top