ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ބާކީ ބައި ކާންޓޭ އަށް ނުކުޅެވިދާނެ

ކޮރޯނާ ވައިރަސްގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު، އިނގެރޭސި ޕްރިމިއަރ ލީގު އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ޓީމުތަކުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، ޕްރިމިއަރ ލީގު އަލުން ފެށިނަމަވެސް، ޗެލްސީގެ ހުނަރުވެރި މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އަށް ނުކުޅެވިދާނެއެވެ. މިދިޔަ އަންގާރަ ދުވަހު ޗެލްސީގެ ފަރިތަކުރުންތަކުގައި ކާންޓޭ ބައިވެރިވެފައި ވީނަމަވެސް، އޭގެ ފަހުން އެ ޓީމުގެ ފަރިތަކުރުންތަކުން އޭނާ ފެނިފައި ނުވެއެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ކާންޓޭގެ ބޭބެ ހާޓް އެޓޭކެއް ޖެހިގެން ވަނީ މަރުވެފައެވެ. އޭނާގެ އާއިލާ އަކީ ހިތުގެ މައްސަލަ ހުންނަ ބައެއް ކަމުން، ކޮވިޑް-19 ގެ އެންމެ ނުރައްކާތެރިކަން ބޮޑު މީހުންގެ ތެރޭގައި ކާންޓޭ އާއި އޭނާގެ އާއިލާ ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މީގެ ފަސް ވަރަކަށް މަސް ކުރިން ޗެލްސީގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް ކާންޓޭ ޚަބަރު ހުސްވެގެން ވެއްޓިފައި ވެސް ވެއެވެ.

ކާންޓޭގެ ޙާލަތަށް ރިޢާޔަތްކޮށް ޗެލްސީގެ ބޯޑާއި، އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑު ވަނީ ގޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ކާންޓޭ އަށް ދީފައެވެ. އެހެންކަމުން މި ސީޒަނުގައި ޗެލްސީ އަށް ބާކީ އޮތް ނުވަ މެޗު ކާންޓޭ އާއި ނުލާ ކުޅެން ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ޖޫން މަހުގައި އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބައެއް ކުޅުންތެރިން އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top