އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 16 ވަނަ މިނިޓްގައި ފިލް ފޯޑެން އެވެ. އޭނާ މި ގޯލު ޖެހީ ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީން ވަނީ ބްރައިޓަންއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޗެލްސީ އަށް ލީޑުނަގައިިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މޭސަން މައުންޓް މެޗުގެ 28 ވަނަ މިނިޓްގައި ނަގައިދިން ކޯނަރަކުން ލުކާކޫ މި ގޯލު ޖެހީ ބޮލުންނެވެ. ބްރައިޓަންގެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެެނީ ވެލްބެކް އެވެ. ބްރައިޓަންގެ ސްޕެނިޝް ފުލްބެކް މާކް ކުކުރޭލާ ނަގައިިދިން ހުރަހަކުން ވެލްބެކް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 20 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ނަތީޖާއާ އެކު ޗެލްސީ ވަނީ ދެ ވަނަ އަށް ޖެހިލާފައެވެ. އެއީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.