ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިރާސީ އައު އަހަރު ޖޫންމަހުގައި ފެށުމަށް ތައްޔާރުވަނީ

އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ ޖޫން މަހުގައި ކަމަށާއި، މިއަހަރު ހެދުމަށް ހަމަޖެހުނު ސާނަވީ އިމްތިހާނާއި ޝަހާދާ ސާނާވީ އިމްތިހާނު އޮންނާނީ އަންނަ އަހަރު ޖޫން މަހުގައި ކަމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.

ނޭޝަނަލް އެމަޖެންސީ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލު ވުމުގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިއާއެކު މިއަހަރު ފެށުނު ދިރާސީ އަހަރު ނިމޭނީ އަންނަ އަަހަރުކަމަށާއި އަންނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފެށޭނީ ޖޫން މަހުގައި ކަމަށެވެ.

ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މިއަހަރު ގެ ފުރަތަމަ ސެމިސްޓަރ ބްރޭކްއާއެކު، ސުކޫލުތައް ވަނީ ބަންދުކޮށްފައެވެ. ދިރާސީ އައު އަހަރު ފެށުން ޖޫން މަހަށް ފަސްކޮށްފައިވާ ނަމަވެސްް، އަލުން ކިޔެވުން ފެށޭނެ ދުވަހެއް އަދި އިޢުލާނުކޮށްފައި ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top