މި އަންނަ ހަފުތާގައި ރާއްޖެ އަށް އިތުރު 65 ވެންޓިލޭޓަރު ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ގެ ބޮޑު ތަޅެއް ނުނެގީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ރާއްޖެއިން ކޮވިޑް-19 އަށް ހަދާ ޓެސްޓުތަކުން ފައްސިވެފައިވަނީ އެންމެ ފަސް އިންސައްތަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަންނަ ހަފުތާގައި ރާއްޖެ އަށް އިތުރު 65 ވެންޓިލޭޓަރު ލިބޭނެކަމަށާއި، ކަރަންޓީނު ފެސިލިޓީތަކަށް ބޭނުންވާ ބައެއް ތަކެތި މިހާރުވެސް ލިބިފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 1457 މީހަކު ފައްސިވެފައިވާއިރު، 232 މީހުން ވަަަނީ ރަނގަޅުވެފައެވެ. އަދި އެ ބަލީގަަައިި 5 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1656 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1115 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ
