ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޯކޮށް ވާރޭވެހި ހަނިމާދުއަށް ގެއްލުންތަކެއް ވެއްޖެ

މިއަދު ހަނިމާދުއަށް ކުރަމުންދާ ވިއްސާރާގައި އެރަށަށް ގެއްލުންތަކެއް ވެއްޖެއެވެ.

ހަނިމާދުއަށް ބޯކޮށް ވާރޭވެހި އެރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ބަހައްޓާފައި ހުންނަ އޭޓީއެމް އަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެތަނުގެ ފުރާޅުން ސީލިންގ ތެރެއަށް ފެންއެޅި އެތަނުގެ ސީލިންގުން ބައެއްވަނީ ވެއްޓި، އެތަނުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.

އޭޓީއެމް އަށް ލިބިފައިވާ ގެއްލުން / ފޮޓޯ: ތޮއްލެ ގްރަފީ

މީގެއިތުރުން، އެ ރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިވަގުތާއި ހަމައަށް ބާރަ ގެއަކަށް ފެންވަނުމާއި ގުޅިގެން ހަނިމާދޫ ކައުންސިލާއި، ހަނިމާދޫ ޕޮލިސް އަދި އެމްޓީސީސީ ގުޅިގެން އެ ގެތަކުގައި ވެވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. އެރަށުގެ މަގުތަކުގައި ވެސް މިހާރުވަނީ ވަރަށް ބޮޑަށް ފެންހެދި މަގުތައް ބޭނުން ކުރުމަށް ދަތިވާވަރު ވެފައެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވަނީ ރާއްޖޭގެ އެންމެ އުތުރު ހަތަރު އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު ސަމާލުނެރެފައެވެ.

މިއަދު މެންދުރު 14:30 އިން ފެށިގެން ހަނިމާދޫއަށް އަދިވެސް ދަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top