އިތުރު ބަޔަކު ރަނގަޅުވެ، ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރައިފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖޭގައި 1672 މީހުންނަށް މިބަލި ޖެހިފައިވާއިރު، 401 މީހުން މިހާރު އެބަލިން ރަނގަޅުވެފައިވާކަމަށެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 5 މީހަކު މަރުވެފައެވެ. އަދި މިއަދު އެކަނިވެސް 125 މީހަކަށް އެބަލި ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ކަރަންޓީނުގައި 1580 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1189 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ޚިޔާލު
