އަމީތާބު ބައްޗަންއަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިއެވެ. އަދިވެސް ދެގޮތެއް ނުވެ ސަޕޯޓަރުންގެ ހިތް އުފާކޮށްދެމުން އަންނަ އެއް ތަރިވެސްމެއެވެ.
އަމީތާބުގެ ކައިވެންޏަށް 47 އަހަރު ފުރުމާއި ގުޅިގެން އޭނަގެ އިންސްޓަގްރާމްއަށް ކައިވެނި ހަފުލާގެ ކޮލާޖް ފޮޓޯއެއް ލަމުން އަމީތާބު ވަނީ ޖާޔާއާ ކުރެވުނު ކައިވެންޏާ ގުޅޭ ސިއްރެއް ހާމަކޮށްފައެވެ.
https://www.instagram.com/p/CA8iuzvh-ru/?utm_source=ig_web_copy_link
އަމީތާބު ބުނެފައިވާ ގޮތުގައި އޭނަގެ ފިލްމު “ޒަންޖީރް”އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިއްޖެނަމަ ރައްޓެހިންނާއެކު ލަންޑަނަށް ދާން އޭނަ ނިންމިއެވެ. އެވާހަކަ އޭނަގެ ބައްޕަ ގާތުގައި ބުނުމުން ދަނީ ކާކާ އެކުގައިކަމަށް އެހިކަމަށް ވެއެވެ. ވަގުތުން އެއީ ޖާޔާ ކަމަށް އޭނާ ބުނި ކަމަށްވެސް އަމީތާބު ބުނެފައިވެއެވެ. އެއާއެކު އޭނާގެ ބައްޕަ ބުނެފައިވާކަމަށް ވަނީ ދިޔުމުގެ ކުރިން ޖާޔާއާ ކައިވެނި ކުރުމަށެވެ. އެހެންނޫނީ ނުދިޔުމަށެވެ.
އަމީތާބާއި ޖާޔާ އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި “ޒަންޖީރް”، “އަބިމާން”، “ޗުޕްކޭ ޗުޕްކޭ”، “މިލީ”، “ޝޯލޭ” އަދި “ކަބީ ޚުޝީ ކަބީ ޣަމް..” ހިމެނެއެވެ.
