ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރްޔާން ކައިވެނިކުރަން ބޭނުންވަނީ ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން ކަހަލަ މީހަކާ ކަމަށް ބުނެފިއެވެ.
ކައިވެނިކުރަން ބޭނުންވަނީ ކޮންކަހަލަ އަންހެންކުއްޖަކާތޯ ބޮލީވުޑް ހަންގާމާއިން ކުރި ސުވާލަކަށް ޖަވާބުދެމުން ކާތިކް ބުނެފައިވެއެވެ.
“އަހަރެންނަށް ހީވަނީ އަހަރެން ކައިވެނިކުރާނީ ދީޕިކާ ޕަޑުކޯން ކަހަލަ މީހަކާހެން. ފަޚުރުވެރިކަމާއެކު ފިރިމީހާ ދައްކާލާ މީހަކާ.”
ކާތިކަކީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާ އެންމެ ބިޒީ އެއް ތަރިއެވެ. މިހާރުވެސް މަސައްކަތް ފަށާފައިވާ އޭނާގެ ދެ ފިލްމެއް އެބައޮތެވެ. އެއީ އަނީސް ބަޒްމީގެ “ބޫލް ބުލައްޔާ 2” އަދި ދަރްމާ ޕްރޮޑަކްޝަންސްގެ “ދޯސްތާނާ 2” އެވެ.
ކިޔުންތެރިންގެ ޚިޔާލު
