ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެހެނަސް” ގެ ޓްރެއިލަރ ދައްކާލައިފި

އަޙްމަދު އިޤުބާލް (އައިކިޔު) ގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ”ގެ މައްޗަށް އުފެއްދި ވެބް ސީރީޒް “އެހެނަސް”ގެ ދެވަނަ ސީޒަންގެ ޓްރެއިލަރ ދައްކާލައިފިއެވެ.

ރަނޑު ފިރިހެން ކުއްޖެއްގެ ޙަޔާތުގައި ދިމާވާ ތަފާތު ޙާދިސާތައް ދައްކުވައިދޭ މި ސިލްސިލާގެ ފުރަތަމަ ސީޒަންއަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. ފުރަތަމަ ސީޒަންގައި ނުހިމެނޭ ގިނަ ތަރިންތަކެއް ދެވަނަ ސީޒަންގައި ހިމެނޭނެ ކަމަށް މީގެކުރިން “އެހެނަސް” ގެ ޓީމުން ބުނެފައިވެއެވެ.

ފުރަތަމަ ސީޒަނުން ނުފެނުނު، އެހެނަސް ދެވަނަ ސީޒަނުން ފެންނާނެ ތަރިންގެ ތެރެއިން ޢާއިޝަތު ރިޝްމީ ފާހަގަކޮށްލެވެއެވެ. ގިނަ އަދަދެއްގެ އާ ތަރިންނާއި ބައެއް ސީނިޔާ ތަރިން ހިމަނައިގެން އުފެއްދި މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރ ރަވީ ފާރޫޤެވެ.

https://www.facebook.com/EhenasSERIES/videos/591819705075899/?v=591819705075899&external_log_id=cce9844caf12f47ab2ee6b8a2f8b9646&q=ehenas%20-%20series

ފުރަތަމަ ސީޒަން ނިމުނީ ވަރަށް ހިތް ތެޅޭ ކަހަލަ ހިސާބަކުންނެވެ. ނިޔާޒްގެ މަންމަ ޝަކީލާއަށް ގޭތެރޭގައި ހިނގަމުންދާ ސިއްރު ކަންތައްގަނޑެއް ފެނުނު ހިސާބުންނެވެ. އޭގެ ފަހުން ވާނެ ގޮތް ދެވަނަ ސީޒަންއިން ބައްލަވާލައްވާށެވެ. ދެވަނަ ސީޒަން ދައްކަން ފަށާނީ މި ހިނގާ ޖޫން 18 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top