ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަރުގެ މައްސަަލަތައް ތަޙްޤީޤްކުރުމާގުޅޭ ހުނަރު އިތުރުކުރުމުގެ ގޮތުން މަޢުލޫމާތުދީފި

މަރުގެ މައްސަލަތައް ތަހްޤީޤްކުރުމާގުޅޭ ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން ތ. ގުރައިދޫ އަދި މަޑިފުށީގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން މައުލޫމާތުދިނުމުގެ ސެޝަނެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ކަމާގުޅޭ ތަޖުރިބާކާރު ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ޖޫން މަހުގެ 5 ވަނަ ދުވަހުގެ ރޭ ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މިސެޝަނުގައި މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި، އިންވެސްޓިގޭޝަން އޮފިސަރުން ސަމާލުކަންދޭންޖެހޭ މުހިއްމު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި މަރުގެ ހާދިސާއެއް ހިނގާފައިވާ ކުށުގެ ވެށްޓެއްގައި ހަރަކާތްތެރިވާއިރު ސަމާލުކަން ދޭންވީ ކަންތައްތައް ބުނެދިނުމުގެ އިތުރުންވެސް އަމަލީ ތަޖުރިބާ ހިއްސާކުރުމާއެކު ބައިވެރިންނަށް މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.

މިއީ ފުލުހުންގެ ތެރޭގައި ތިއްބެވި ކަމާގުޅޭ ފަންނުވެރިންގެ އެހީތެރިކަމާއެކު މަޢުލޫމާތު ބަދަލުކުރުމާއި ހުނަރުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ތ. އަތޮޅު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިސެޝަނުގައި ތ. ގުރައިދޫ އަދި މަޑިފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top