ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ވިލިނގިލި ވަލުތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ޖޫންމަހުގެ 9 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 347 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top