ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮސް ގެ ހަތަރުވަނަ ޝޯ މާދަމާ ލަންކާގައި ދައްކަނީ

ކޮލޮމްބޯ: ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ ފިލްމު ‘ބޮސް’ ގެ ހަތަރުވަނަ ޝޯ ލަންކާގައި ދެއްކުމަށް ނިންމައިފި އެވެ. 

މިމަހު 6 އަދި 7 ގައި ފިލްމު ‘ބޮސް’ ގެ 3 ޝޯ ވަނީ ލަންކާ ގައި ދައްކާފަ އެވެ. ފިލްމުގެ ހަތަރުވަނަ ޝޯ ދެއްކުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު މެންދުރުފަހު 3:45 ގައެވެ.

ކްރިސްޓަލް އެންޓަޓައިންމަންޓުން ހަދާފައިވާ “ބޮސް” ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ. އަދި ފިލްމްގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ދާދިފަހުން ސާކް ފިލްމު އެވޯޑުން އެއްވަނަ ބަޠަލާގެ މަޤާމު ހޯދާފައިވާ ރިޝްމީ ރަމީޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top