ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއެކު އިންޑިޔާ ފުރަބަންދަކަށް ދިޔުމުން އިންޑިޔާގެ ފިލްމީ މަސައްކަތްތައް ވަނީ އެކީ ހުއްޓިފައެވެ. ނަމަވެސް ފުރަބަންދަށް ލުއިތަކެއް ދިނުމާއެކު އަލުން މަސައްކަތްތައް ފެށުމަށް ހުއްދަ ދީފައިވިޔަސް ސިނަމާތައް ހުޅުވާނެ ދުވަހެއް ނޭނގެއެވެ. އެހެންކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޑިޖިޓަލްކޮށް ބައެއް ފިލްމުތައް ރިލީޒްކުރަމުން އެބަދެއެވެ. ދާދި ފަހުން ވަނީ އަމީތާބްގެ ”ގުލާބޯ ސިތާބޯ“ ރިލީޒްކޮށްފައެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ”ގުލާބޯ ސިތާބޯ“ އާއި ޝަކުންތަލާ ދޭވީގެ ބަޔޮޕިކަށްފަހު އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅުނު ”ލަކްސްމީ ބޮމްބް“ މިވަނީ ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައެވެ.
”މިހާރު މި ފިލްމު ވަނީ އޮންލައިން ޕްލެޓްފޯމަކަށް 125 ކުރޯޑަށް ވިއްކާލާފައެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އަގުތަކަށް ބަލާއިރު އެ އަގު ބޮޑުނަމަ، ހަނދާން ނައްތާނުލާންވީ ކަމަކީ ސަލްމާން ޚާންގެ ’ރާދޭ‘ އާ ވާދަކޮށް 200 ކުރޯޑަށްވުރެ ބޮޑު އާމްދަނީއެއް ހޯދޭނެ ފެންވަރު މި ފިލްމުގައި ހުރިކަން.“ ފިލްމާއި ގާތް ފަރާތަކުން ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މިއީ ތަމަޅަ ފިލްމު ”މުނީ 2: ކަންޗަނާ“ ގެ ރީމޭކެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މީގެ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ރާގަވާ ލައުރެންސްއެވެ. އަކްޝޭއާއި ކިއާރާގެ އިތުރުން ތުޝާރް ކަޕޫރް، ޝަރަދު ކެލްކަރް އަދި އަޝްވީނީ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުގެ 15 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




