ތަޖްރިބާކާރު ކޮރިއޮގްރާފަރ ސަރޯޖް ޚާން އެނދުމަތިކޮށްފިއެވެ. ސަރޯޖް އެނދުމަތިކޮށް ފަރުވާދޭން ފެށީ ނޭވާލާން އުނދަގޫވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 އަށް ހެދި ޓެސްޓް ވަނީ ނައްސިވެފައެވެ.
ސަރޯޖްގެ އާއިލާއާއި ގާތް މީހަކުބުނީ އުމުރުން 71 އަހަރުގެ ސަރޯޖް ޚާން، ބަންޑްރާ ނަނަކް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހޮސްޕިޓަލުގައި އެނދުމަތިކުރުމާއެކު، މިހާރު އަމަލުކުރާ ގަވާއިދުގެ ދަށުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ވެއެވެ.
“މިހާރު ސަރޯޖްގެ ހާލު ރަނގަޅުވަމުން އަންނަނީ. ނޭވާލާން އުނދަގޫވާތީ ހޮސްޕިޓަލަށް ގެންދިޔައީ. އެކެއް ނުވަތަ ދެ ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ.” މީޑިއާއަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.
ހަތަރު ދަހަރު (ޑިކޭޑް)ގެ މުއްދަތުގައި ސަރޯޖް ވަނީ 2000 އަށް ވުރެން ގިނަ ލަވައަށް ކޮރިއޮގްރަފީ ހަދައިދީފައެވެ. ތިން ފަހަރު ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ސަރޯޖްގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ދޭވްދާސްގެ “ޑޯލަ ރެ ޑޯލާ”، މާދޫރީ ޑިކްސިޓް މަޝްހޫރުކަން ހޯދި ފިލްމު ތޭޒާބްގެ “އޭކް ދޯ ތީން”، ފިލްމް ޖަބް ވީ މެޓްގެ “ޔޭ އިޝްޤް ހާޔޭ” ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން ސަރޯޖް ކޮރިއޮގްރާފީ ހެދީ 2019 ވަނަ އަހަރު ކަރަން ޖޯހަރް އުފެއްދި ފިލްމު ކަލަންކްގެ “ތަބާ ހޯގަޔޭ” އެވެ. މި ލަވައިގައިވެސް މާދޫރީ ހަރަކާތްތެރިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް
- 3 މެއި 2025ޚަބަރުލޯބިން ކުޅެން ފަށައިފި