ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ

“ނިއު ނޯމަލް” ގައި މާލޭ މަސް މާރުކޭޓު ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިޖުތިމާޢީ ގައިދުރުކަމާއެކު މަސް މާރުކޭޓު ހުޅުވުމަށް ތައްޔާރުވެފައިވާކަމަށާއި އެތަނުގެ ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކުން މާސްކު އަޅުއްވައިގެން ދިޔުމަށް އެ ކައުންސިލުން އެދިލައްވާކަމަށެވެ.

އެ ކައުންސިލުން މިއަދު ޓުވިޓާ މެދުވެރިކޮށް އާންމުކޮށްފައިވާ ފޮޓޯތަކުން، މަސް މާރުކޭޓުގައި ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކުން ޚިދުމަތް ހޯދުމަށް ގޮސް ތިއްބަވާއިރު ގައިދުރުކަމާއެކު މަޑުކޮށްގެން ތިބެންޖެހޭ ތަންތަން އެނގޭނެހެން ނިޝާންތައް ކުރަހާފައިވާތަން ފެނެއެވެ.

މަސް މާރުކޭޓު ތެރެއަށް ވަދެގެން ވިޔަފާރިކުރުމުގެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ނިންމާފައި ވީނަމަވެސް އެތަނުގެ އެތެރެއަށް މީހުންނަށް ވަދެވޭނީވަކި އަދަދަކަށް ކަމަށާއި އެތަނުގެ އެތެރެއަށް ވަނުމުގެ ކުރިން ކޮންމެ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top