ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮންމެ ހަފުތާއަކު 400 ބަންގްލަދޭސީން ފޮނުވާލަނީ

މި އަހަރު ޖުލައިމަހުން ފެށިގެން ކޮންމެ ހަފަތާއަކު ވެސް 400 ބަންގްލަދޭޝީން އަނބުރާ ޤައުމަށް ފޮނުވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ބަޤްލަދޭޝްގެ 2689 މީހަކު އަނބުރާ ޤައުމަށް ފޮނުވައިފައިވާކަމަށް ޓީވީއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

އަންނަ ޖުލައި މަހުގެ ކޮންމެ ހަފަތާއަކު ދެފްލައިޓް ބާއްވާއިގެން ބަންޤްލަދޭޝްގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަޤީންކަން ވެސް އެޤައުމުގެ ޚާރިޖީ ވަޒީރު ދެއްވައިފައިވާކަމަށް ޕޮރިން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިމަހު އެކަނިވެސް 1500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން މޯލްޑިވިއަންގެ ފްލައިޓުތަކުގައި އަނބުރާ އެ ޤައުމަށް ވަނީ ފޮނުވައިފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި 60000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެކަމަށް ސަރުކާރުން ލަފާ ކުރައްވާއިރު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެޢަދަދު ލައްކައަކަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ހަމްޒާ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
މަންމަ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top