ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފޯޓީ ޕްލަސް އިން އައު 5 އެކްޓަރަކަަށް ފުރުޞަތު ދީފި

ނޯޓީ40 ގެ ބޮޑު ކާމިޔާބަށް ފަހު ޔޫސޫފް ޝަފީއު ލިޔެ، ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމް “ފޯޓީ ޕްލަސް” އިން ފިލްމީ ދާއިރާ އަށް މުޅިން އާ ފަސް އެކްޓަރަކު ފެނިގެންދާނެ ކަމަށް ޔޫއްޕެ ބުނެފި އެވެ.

މި މަހުގެ 22 ގައި ފޯޓީ ޕްލަސް ގެ ޝޫޓިންގ އަށް ތ. އަތޮޅަށް ފުރާ އިރު، ފިލްމުގެ ކާސްޓުން މިހާރު އެއްކޮށް ހަމަޖެހިފައިވާ ކަމަށް ޔޫއްޕެ ބުނެއެވެ.  ފޯޓީ ޕްލަސް ގައި ވެސް “ނޯޓީ 40” ގެ މައިގަނޑު ކާސްޓުން އުޅޭނެ އެވެ. އަދި އަލަށް ކާސްޓާ ގުޅުނު މަޝްހޫރު ތަރިންތަކުގެ އިތުރަށް “ފޯޓީ ޕްލަސް” އިން އަލަށް ނުކުންނަނީ އަންހެން ފަސް އެކްޓަރުންނާއި ފިރިހެން އެކްޓަރުން ނެވެ.

 

ޔޫއްޕެ ބުނީ ފޯޓީ ޕްލަސް އަށް ތަރިން ހޯދުމަށް އިއުލާނު ކޮށްލުމުން ޝައުގުވެރިކަން ފާޅުކުރި ކުދިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަ ތިބި ކަމަށެވެ.

އެހެންވެ ކުރިިއަށް ހުރި ޕްރޮޖެކްޓަތަކުން އެ ކުދިންނަށް ފުރުސަތު ދޭނެ ކަމަށްވެސް ޔޫއްޕެ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top