ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެހެނަސް” – ޝާއިރާގެ ކުޅިގަނޑު ފެށިއްޖެ

މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ވެބް ސީރީޒް “އެހެނަސް” ގެ ދެވަނަ ސީޒަން ދެވަނަ އެޕިސޯޑް ބައިސްކޯފުން ދޫކޮށްލާފައިވާއިރު، ސީރީޒަށް އިތުރުކުރި މުހިންމު ކެރެކްޓަރ ‘ޝާއިރާ’ގެ ކުޅިގަނޑު ފެނި ބެލުންތެރިންނަށް އިތުރު ހައިރާންކަމަކާއި ޝަޢުޤުވެރިކަމެއް ގެނެސްދީފިއެވެ.

“އެހެނަސް” ގެ މައިގަނޑު ރޯލަކީ ނިޔާގެ ކެރެކްޓާ ކުޅޭ މުހައްމަދު ވިޝާލެވެ. ފުރަތަމަ ސީޒަން ނިންމައިލިއިރު، ނިޔާ ކައިވެނިކުރި ޝާއިރާ (ޝާއި)ގެ ކެރެކްޓާ އިން ދައްކައިލި މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީގެ ހުނަރުވެރި އެކްޓިން ފުރަތަމަ އެޕިސޯޑާއި ދެވަނަ އެޕިސޯޑުން މިވަނީ ފެނިގެންގޮސްފައެވެ.

ރަނޑުގޮތެއް ހުންނަ ނިޔާ އާއި ޝާއި ކައިވެނިކުރި ސަބަބު ވެސް ދެވަނަ އެޕިސޯޑުން ފެނިގެން ގޮސްފައިވެއެވެ. ޝާއި އެ ކައިވެންޏަށް އެއްބަސްވި ސަބަބުތައް ގެނެސްދީފައިވަނީ ހީވެސް ނުކުރާފަދަ ވަރުގަދަ ޓްވިސްޓަކާވެސް އެކުގައެވެ.

އަޙްމަދު އިޤްބާލް (އައިކިޔު)ގެ ވާހަކައަށް ހަދާ “އެހެނަސް” ސީރީޒްގެ ކުރިއަށް ހުރި ބައިތަކާ އެކު 10 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދޭނެ އެވެ. މިއީ ރަވީ ފާރޫޤްގެ ހުނަރުވެރި އަދި ތަފާތު ޑައިރެކްޝަނެއް ފެނިގެންދާ ސީރީޒެކެވެ.

https://www.facebook.com/EhenasSERIES/videos/591819705075899/?v=591819705075899&external_log_id=461bd0e5-24b6-4627-8501-3aae79d8d9cd&q=ehenas%20-%20series

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top