ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިޔާގައި “ޓިކްޓިކް” މަނާކޮށްފި

އަވަށްޓެރި އިންޑިޔާގައި “ޓިކްޓޮކް”ގެ އިތުރުންް ޗައިނާގެ 58 އެޕްލިކޭޝަނެއް ބޭނުންކުރުން މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން އެންޑް ޓެކޮނޮލޮޖީން މަނާކޮށްފިއެވެ.

މަނާކުރި 59 އެޕްލިކޭޝަންގެ ތެރޭގައި ޓިކްޓޮކް އާއި ޔޫސީ ބްރައުޒަރ، ޝެއަރ އިޓް ފަހަދަ މަޝްހޫރު އެޕްތައް ހިމެނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން “ޗައިނާގެ އެޕްލިކޭޝަންތައް” މަނާކުރަން އިންޑިއާ ސަރުކާރުން ނިންމީ މިމަހުގެ 15 ވަނަ ދުވަހު އިންޑިއާއި ޗައިނާ ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކާއި ގުޅިގެން އިންޑިޔާ ސިފައިންގެ 20 މީހުން މަރުވުމާއި ގުޅިގެންނެވެ.

އިންޑިޔާގައި ބޭނުންކުރަން މަނާކުރި ޗައިނާގެ ބައެއް އެޕްތައް

ޗައިނާ އެޕްލިކޭޝަންތައް މަނާކުރަން ނިންމީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތައްޓަކައި ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.

މި އެންގުން އެންގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިންޑިޔާ ސަރުކާާރުގެ ޓިކްޓޮކް އެކައުން ‘މަައި ގަވް’ (MyGov) ގައި ތިބި 1.1 މިލިޔަން ފޮލޯވަރސް ވަނީ ޑިސޭބަލް ކޮށްލާާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ހަމްޒާ – ކުރު ވާހަކަ
4 ގަޑިއިރު ކުރިން
މަންމަ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top