ދީނީ ސުވާލެއް އޮތީތަ؟
އިންޓަވިއު
އެންމެ ބެސްޓު “ނަސް” މިސް!

“ހުރިހާ ގޮތަކުންވެސް އެންމެ ބެސްޓުވާނީ ނަސް މިސް”
“ބައިވަރު ޓީޗަރުންނާ ދިމާވެއްޖެ އެކަމަކު ނަސް މިސް ހަމަ އެއްވަނަ”..
“ނަސް މިސް ކިޔަވައިދޭ ގަޑި ދާގޮތް ވެސް ނޭނގޭ”..

މިއީ އދ. އޮމަދޫ ސުކޫލުގެ ސެކަންޑްރީ ގުރޭޑްތަކަށް ދިވެހި ކިޔަވައިދޭ، މަރިޔަމް ނަސީމާ، ނަސް މިސްގެ ދަރިވަރުން ނަސް މިސް އާމެދު ދެކޭގޮތެވެ. އެކުދިންގެ ޝުއޫރެވެ.

އެންމެ ކުޑައިރުންސުރެވެސް ކިޔެވުމާއި ކިޔަވައި ދިނުމަކީ ނަސް މިސް އެންމެ ކުރާހިތްވާކަންތައް ކަމުން ކިޔަވައި ދިނުމުގެ ބުރަ އަދި އުނދަގޫ ވަޒީފާއަށް ނުކުތީ އެކަމަށް ތައްޔާރުވެ ކިތަންމެ އުނދަގޫ ވިޔަސް އެކަން ކުރަން ފަސް ޖެހުމެއްނެތިއެވެ. ކޮންމެ ދުވަހަކުވެސް ތަފާތު އެކި މިޒާޖުތަކުގެ ކުދިންނާ ކުރިމަތިލަނީ ކެތްތެރިކަމާ ލޯތްބާއެކުއެވެ. ޚާއްސަކޮށް ބެލެނިވެރިންނާ ނަސް މިސް އެބާއްވާ ލޯބި ގުޅުމަކީ ހުރިހާ ދަރިވަރުންނާ ބެލެނިވެރިންވެސް ފާހަގަކުރާ ކަމެކެވެ.

“ކިޔަވައި ދިނުމަކީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ގިނަ ގޮތްގޮތަށް ވިސްނުން ހިންގަން ޖެހޭ ކަމެއް. އެންމެ ބޮޑަށް ވިސްނަނީ ކުލާހުގެ ހުރިހާ ކުދިން ބައިވެރިކޮށްގެން ކިޔަވައި ދެވޭތޯ.. މުޅި ކުލާހުގެ ނަތީޖާއަށް ވިސްނައިގެން ރަނގަޅު ކުރުމަށް ސަމާލުކަން ދެން. ދަރިވަރުން ޝައުގުވެރި ކުރުވައިގެން ދަރިވަރުންނާ ރަނގަޅު ގުޅުމެއް ބާއްވައިގެން ކިޔަވައިދެވޭތޯ ވަރަށް މަސައްކަތް ކުރަން.” ކިޔަވައިދޭ އިރު ސަމާލުކަންދޭ ކަންކަމާމެދު ވާހަކަ ދައްކަމުން ނަސް މިސް މުނިއަވަސްއަށް ބުންޏެވެ.

ނަސް މިސް އާއި އޭނާގެ ދަރިފުޅު

ކޮންމެ ދުވަހަކުވެސް އެކި މިޒާޖުގެ ކުދިންނާއި ނަސް މިސް ކުރިމަތިލަނީ ހިނިތުންވުމާ އުފަލާއެކުއެވެ. ވިސްނުންތެރިކަމާއެކު އެކުދިންނާ ކުރިމަތިލާއިރު ނަސް މިސް އެންމެ ސަމާލުވަނީ ކޮންކަމަކަށް ތޯ މުނިއަވަސްއިން ކުރި ސުވާލަށް ޖަވާބުދެމުން ނަސް މިސް ބުނީ، “ދަރިވަރުންނަށް ކަންކަން ވިސްނައިދިނުމުގައި އެންމެ ބޮޑަށް ސަމާލުކަން ދެނީ އެކުދިންނާ ގާތް ގުޅުމެއް ބާއްވަން. ކުދިންގެ އިހުސާސްތައް ދެނެގަތުމަކީ މުހިންމުކަމެއް.. އަޅުގަނޑު ކިޔަވައިދެނީ މަތީ ގުރޭޑްތަކަށް ކަމަށް ވުމުން ވަރަށް މުހިންމު ކަމެއް އެއީ އެކުދިންނާ މުއާމަލާތު ކުރާއިރު ގެންގުޅޭ ބަސްމަގަށް.. ދަރިވަރުންގެ ޚިޔާލު ހޯދައިގެން އެކުދިންނާ ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން ސަމާލުކަންދެވޭ..”

ކޮންމެ ބެލެނިވެރިއަކާވެސް އަދި ދަރިވަރަކާވެސް އަބަދުވެސް ހިނިތުންވުމަކާއެކު ބައްދަލުކުރާ ނަސް މިސް އަކީ ބެލެނިވެރިންގެ ވެސް “ފެވަރިޓެވެ.” ކުދިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް ނަސް މިސް ހާއްސަ ސަމާލުކަމެއްދޭ ކަން މީ ބެލެނިވެރިންވެސް އުފަލާއެކު ފާހަގަ ކުރާކަމެކެވެ.

“ނަސީމާ މިސް ކިޔަވައި ދޭން ފެށިފަހުން އަޅުގަނޑުގެ ދަރިފުޅު ކަންކަމާ ކުރިމަތިލާން ފަށައިފި.. ކުރިން ނޫޅޭނެ އެހާވަރަށް ކިޔެވުމުގެ ކަންކަމަކާވެސް، އިތުރު ހަރަކާތެއްގައި ބައިވެރި ކުރުވުމަކީވެސް އުނދަގޫކަމެއް.. އެކަމަކު ނަސީމާ ކިޔަވައިދޭން ފެށިފަހުން އަމިއްލަ އަށް އިތުރު ހަރަކާތް ތަކުގައިވެސް ބައިވެރިވާން ފަށައިފި.. ކިޔަވަންވެސް އުޅޭ..” ނަސް މިސްގެ މަސައްކަތާ މެދު ބެލެނިވެރިއަކު އުފަލާއެކު ބުންޏެވެ.

ކިޔައިދިނުމުގައި ނަސް މިސް ހޭދަ ކުރި 11 އަހަރު ތެރޭގައި އެންމެ ބޮޑު ގޮންޖެހުމަކަށް އަދި އެންމެ ތަފާތު ތަޖުރިބާއަކަށް ނަސް މިސް ފާހަގަ ކުރީ ފެތުރުމުން މިދާ ބަލިމަޑު ކަމުގެ ސަބަބުން މިހާރު ކިޔަވައިދިނުމަށް އައިސްފައިވާ ބަދަލެވެ. މިގޮތުން އޮންލައިން ކުލާސްތައް ނަގައިދޭ އިރު ކުދިންގެ ސަމާލުކަމާއި ބައިވެރިވުން ކުޑަވުން ކަމަށް ނަސް މިސް ފާހަގަ ކުރިއެވެ. އަދި ހަމަ އެހެންމެ ފިލާވަޅަށް ތައްޔާރުވުމަށް ގިނަވަގުތު ތަކެއް ހޭދަ ކުރަން ޖެހޭއިރު ދަރިވަރުންގެ މަސައްކަތައް އެކަށޭނެ ފީޑްބެކް ދިނުމުގައި އުނދަގޫތަކާ ކުރިމަތިވާކަމަށް ނަސް މިސް ބުންޏެވެ.

އުނދަގޫ މި ދަނޑިވަޅުގައިވެސް ނަސް މިސް އަދި ނަސް މިސް ފަދަ އެހެން ޓީޗަރުންވެސް ކުރާ ބުރަ މަސައްކަތައް މުނިއަވަސް އިން ފައްފަށުން ސާބަސް ދެމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
student6 އަހަރު ކުރިން

worst nightmare. she don't know how to control class

Aaminaa6 އަހަރު ކުރިން

Nass miss vareh nei . Hama best

student of grade 10 @20166 އަހަރު ކުރިން

she did best of her for studenet.

Student6 އަހަރު ކުރިން

She is the best and always she tries to help and always encourage us to work harder and harder She is the best☺️

Student6 އަހަރު ކުރިން

Masha allah .... she is the best teacher...😙😙😙😙

Home
Menu
Search
Back to top