ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑި ބްރޭނާގެ ބޫޓު ނާޑުވާ އައްސާނެ ފެންވަރު ލިވަޕޫލްގެ ކުޅުންތެރިންގެ ނެތް: މާފީ

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކަން ލިވަޕޫލް އިން ކަށަވަރުކޮށްފައި ވާއިރު، ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

ޗެމްޕިއަން ކަން ހޯދާ ޓީމަށް “ގާޑް އޮފް އޮނަރ” ދިނުމަކީ ޕްރިމިއަރ ލީގުގެ ސަގާފަތެއް ނަމަވެސް، އެކަން އޮންނަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ. އެ ސަގާފަތަށް އިޙްތިރާމްކޮށް “ގާޑް އޮފް އޮނަރ” ދިނުމަށް ސިޓީން ނިންމާފައި ވާއިރު، ލިވަޕޫލްގެ ސަޕޯޓަރުން ތިބީ މި މަންޒަރު ބަލަން ކެތްމަދުވެފައެވެ. ޚާއްޞަކޮށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ރަހީމް ސްޓާލިން ގެ ފަރާތުން އެކަން ފެނުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެކެވެ.

ޕްރިމިއަރ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން މި ސީޒަނުގެ ޗެމްޕިއަން ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް ނިންމުމުން ލިވަޕޫލް އަށް ކުޅެފައިވާ ޑެނީ މާފީ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

“ކެވިން ޑި ބްރޭނާ އަކީ އެންމެ މޮޅު މިޑްފިލްޑަރު. ފަހަރުގައި އޭނާ އަކީ ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު މިޑްފިލްޑަރު. އޭނާ  އަތްޖަހާފައި “ގާޑް އޮފް އޮނަރ” ދޭން ހުންނާނީ އޭނާގެ ބޫޓުގެ ނާޑުވާ އައްސާލުމުގެ ފެންވަރު ވެސް ނެތް ކުޅުންތެރިންނަށް.”

“ޓޯކް ސްޕޯޓް” އާ ވާހަކަދައްކަމުން މާފީ ބުންޏެވެ.

“ޓޯކް ސްޕޯޓް” އާ ވާހަކަދައްކަމުން މާފީ ބުނެފައިވަނީ “ގާޑް އޮފް އޮނަރ” އަކީ އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި، އެއީ ފުޓްބޯޅައިގެ ދުނިޔެ އަށް ފޮނުވާލެވޭ ވަރަށް ރަނގަޅު މެސެޖެއް ކަމަށެވެ. ނަމަވެސް، ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް ސިޓީން ނިންމުމަކީ އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top