ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަސްތުވާތަކެއްޗާއެކު، ތިމަރަފުށިން 34 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތު ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ތިމަރަފުށިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު މެންދުރު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ތިމަރަފުށީ ކުރީގެ އެސް.ޓީ.އޯ ކައިރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު،  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 06 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، އެމީހާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން 7 ދުވަހުގެ މުއްދަތު ވަނީ ޖަހައިދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އަކީ ފެނަކަ ތިމަރަފުށީ ބްރާންޗުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. މި  މައްސަލަ ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top