ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިރޭ “ފުރަބަންދު” އައިސްޓީވީއަށް!

ޕްރޮޑިއުސަަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ފިލްމު ކުންފުނި ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ “ފުރަބަންދު” މިރޭ (03ޖުލައި ދުވަހުގެ ރޭ) 2100ގައި އައިސްޓީވީން ދައްކަން ފަށާނެއެވެ.

އަލީ ސީޒަން މުހިއްމު ރޯލެއް ކުޅެ، ޑައިރެކްޓްކޮށްފައިވާ ފަސް އެޕިސޯޑްގެ “ފުރަބަންދު”ގައި ދައްކައިދޭނީ ކޮވިޑް-19އާ އެކު ކުރިމަތިވި ފުރަބަންދުގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެކެވެ.

”މީގައި ހިތާމަވެރި ކަންތައްތަކެއް ވެސް ފެނިގެންދާނެ. ކޮވިޑް-19 އާ ގުޅޭ މުހިންމު މެސެޖްތަކެއް ވެސް ފެނިގެންދާނެ.“ ސީރީޒްގެ މަޢުލޫމާތު މުނިއަވަސް އާއި ހިއްސާކުރަމުން މުހައްމާ ބުނެފައިވެއެވެ.

“ފުރަބަންދު” ގެ މައިގަނޑު ކާސްޓުންނަކީ ސީޒަންގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިއްބެގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ.

https://www.facebook.com/MuniAvas/videos/963983097452422/

“ފުރަބަންދު”ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބައިސްކޯފުން ގެނެސްދިން ސިލްސިލާ “ހަނާ”ގެ ސްކްރީންޕްލޭ ވެސް ލިޔުނު އާމިނަތު ރިނާޒާ އެވެ. އޭނާ އަކީ ކެމެރާމަން އަލީ ރަޝީދު (ގޮޅާއައްޔަ) ގެ އަންހެނުންނެވެ.

މުހައްމާގެ ކޮންސެޕްޓަކަށް އުފައްދާފައިވާ ”ފުރަބަންދުު“ގެ މަންޒަރުތައް ކެމެރާކުރީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރީ ގޮޅާ އައްޔައެވެ.

“ފުރަބަންދު”ގެ ޓީމުން ބުނެފައިވަނީ މި ސިލްސިލާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top