ރޭޕް ކުރިކަމުގެ ތުހުމަތުތައް ކުރެވޭ ޖުމައްޔިލް ނިމާލް ޑާކް ރެއިން އެންޓަޓެއިންމެންޓް ފިލްމްތަކުން ވަކިކޮށްފިއެވެ.
ޑާކްރެއިން އިން މިއަދު މެންދުރު ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޑާރކް ރެއިން އެންޓަޓެއިންމަންޓުގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލް އާ ގުޅިގެން ކޮށްފައިވާ ނުހަނު ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް އެ ކުންފުންޏަށްވެސް އެނގިފައިވަނީ، މި ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުން ކަމަށެވެ.
”މި ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމް އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވެފައެވެ.“ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ޖުމައްޔިލް އާމެދު ރޭޕްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާ އެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
”އަދި ޑާރކް ރެއިން އެންޓަޓެއިންމަންޓް އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނެކަންވެސް ދަންނަވަމެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކަކާއެކު މި ކުންފުނި އަބަދުވެސް ވާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.“ ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.

ޑާކްރެއިންގެ ނޫސްބަޔާން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!




