ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުރީގެ ފިލްމީ ތަރި، ލިލިއަންގެ ދަރި ޖައިލަމް މިހުރީ! ވަރަށް ފިޓް!

ޒުވާން ކަމުގައި މީހާގެ ހަށިގަނޑުގެ ބައްޓަން ބެހެއްޓުމަކީ ކޮންމެ މީހެއް ވެސް ވަރަށް ބޭނުން ވާނެ ކަމެކެވެ. ގިނަ ބަޔެއްގެ އެދުމެކެވެ. ހުވަފެނެކެވެ. ނަމަވެސް ހިތާމައަކީ ހިތުގެ އެދުން ހާސިލު ކުރުމަށް ގިނަ ބަޔަކަށް އެދެވޭ މަސައްކަތެއް ނުކުރެވޭ ކަމެވެ. ރީތި ހަށިގަނޑެއް ހޯދުމަށްޓަަކައި ބުރަ އެތައް މަސައްކަތެއް ކުރަން ޖެހޭނެއެވެ. އެތައް ޤުރުބާނީއެއް ވާން ޖެހޭނެއެވެ.

އެގޮތުން އަޅުގަނޑުމެންގެ ދުރުމީގެ ލެންސު އަމާޒު މިވަނީ ވަރަށް ފިޓް ޒުވާނަކަށެވެ. 1990 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސިނަމާތަކުން ވިދާލި، ކުޅަދާނަ ފަންނާނެއްގެ ފިރިހެން ދަރިއެކެވެ. އެ ފަންނާނަކީ ކުރީގެ ފިލްމުތަކަށް ލޯބިކުރާ އެތައް ބަޔެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ ލިލިއަން ސަޢީދު އެވެ. “ދޮންމަންމަ”، “ނަސީބު” އަދި “ކަރުނަ” ފަދަ ފިލްމު ތަކުން ދިވެހިންގެ ހިތްތައް މިފަންނާނު ވަނީ ދަމައިގެންފައެވެ. އަދި ނިމުނީއެއް ނޫނެވެ. “ދެވަނަ އަނބި”، “ހަދިޔާ” ބެލިން ހެއްޔެވެ؟ ލިލިއަންގެ ހުނަރުވެރިކަން ޝައްކެއްނެތް މިންވަރަށް މިފިލްމުތަކުން ވެސް އެނގޭނެއެވެ. ފިލްމު ތަކުގެ އިތުރުން ލިލިއަން ވަނީ ޑްރާމާތަކުން ވެސް ފެނިފައެވެ. އެގޮތުން “ދަންމަޅި” އަކީ ފާހަގަ ކޮށްލެވޭ މޮޅު ޑުރާމާއެކެވެ. އަދި މީގެ އިތުރުން ރީތި ލަވަތައް ވެސް ލިލިއަން ވަނީ ކުޅެފައެވެ.

އަޅުގަނޑުމެންގެ މިލިޔުން މި ހާއްސަ ކޮށްލަނީ މި ދެންނެވި ހުނަރުން ފުރިފައިވާ ލިލިއަންގެ ފިރިހެން ދަރިފުޅު، ޖައިލަމް އަޙްމަދަށެވެ. އާއްމު ނަމުން ނަމަ ޖައިއެވެ. ކ. މާލެއަށް އުފަން ޖައިލަމަކީ ކަށިން ހިތްވަރު ނެރެގެން ފިޓްނަސްގެ ދާއިރާއިން އެތައް ކާމިޔާބީއެއް ހާސިލު ކުރަމުން އަންނަ ހިތްވަރުގަދަ، ކެރޭ، ލޭފިނި ނުވާނެ ޒުވާނެކެވެ. އެކަން އޭނާ އެގަންދަނީ އޭނާގެ ހިތްވަރާއި، ޢަޒުމުން ސާބިތުކޮށްދެމުންނެވެ.

https://www.facebook.com/943389169382849/posts/1241261622928934/?vh=e&d=n

ޖައިލަމް ފިޓްނަސްގެ ދާއިރާއަށް ވަދެވުނު ގޮތް އޭނާ މުނިއަވަސްއާ ޙިއްޞާ ކޮށްލިއެވެ.

“ކުޑައިރު ހުންނާނީ ވަރަށް ފަލަކޮށް. ވަރަށް ގިނަ މީހުން ކިޔާނެ ފަލައޭ. ހަޑިއޭ. ހިކޭށޭ! އޭރުގަ ހިތަށް އަރާނެ ހިކެން، އެކަމު ބޮޑީ ބިލްޑު ކުރުމަކީ ކުރާހިތްވި ކަމެއް ނޫން އޭރު. އެނގުނު ގޮތަކަށް ބައެއް ފަހަރު ނުކައި، ނޫނީ އެކަހަލަ ގޮތަކަށް ޑައިޓް ޖައްސާނީ ގިނަފަހަރު މީހުން ހިކެނީ މިވެނި ގޮތަކަށޭ ބުނީމަ. ނަމަވެސް ބޭނުންވި ރިޒަލްޓެއް ނާދޭ އޭރު. ވަރަށް ލަދުން ހުރެ ފަހުން ޖިމަށް ވެސް ދާން އެޓެމްޓް ކުރިން އެކި ފަހަރު މަތިން، އެކަމު ކޮންމެ ފަހަރަކުވެސް ހިތްވަރު އެލިގެން ކޮންޓިނިޔު ނުކުރެވެނީ. އެހެން ގޮސް 2017ގަ ޖިމަށް ދާން ނިންމީ. ޓުރެޑްމިލްގަ ދުވެގެން ރިޒަލްޓް ގެންނާނީ އޭ ހިތަށް އަރާފަ. ހިކުނީމަ ކުއިޓް ކޮށްލާނީއޭ ޖިމް. އެގޮތަށް އެތަނުގަ އުޅުނު ޓުރެއިނާރސް އިންސްޕެއަރ ކޮށްދިނީ ވެއިޓް ލިފްޓު ކުރަން. އަވަހަށް ރިޒަލްޓް ފެންނާނޭ ކިޔާފަ. ވަރަށް ޓިޕްސް ވެސް ދީފަ، ޑައިޓް ބަހައްްޓާނީ ކިހިނެއް ކަންވެސް ޓިޕްސް ދިން. މިފަހަރު ރިޒަލްޓް އައިސްފި 4 މަސް ތެރޭގަ ބޭނުންވި ވަރަށް ހިކިފަ. ދެން މީހުން ކިޔަން ފެށީ މާ ހިކިވީމަ ހަޑިއޭ. ނެގެޓިވް ކޮމެންޓްސް އަނެއްކާވެސް އަންނަން ފެށީމަ ހިތަށް އެރީ މަސަލް ގެއިން ކުރަން. ދެން ފެށުނީ ބޮޑީ ބިލްޑު ކުރަން. ފެށި ގޮތަށް އަންނަން ފެށި ރިޒަލްޓން ބޭނުންވީ ހުންނަ ވަރަށް ވުރެ، އަބަދުވެސް އިމްޕްރޫވް ވާން. އެގޮތަށް ފިޓްނަސްއަށް ބޮޑު ޕްރިއޮރިޓީ އެއް ދެވި، ކެއުން އެއްކޮށް ބަދަލުވެ ލައިފް ސްޓައިލްއަކަށް ވީ.” ވަރަށް ތަފުސީލުކޮށް ޖައިލަމް މުނިއަވަސް އަށް ކިޔައިދިނެވެ.

ހިތްވަރާއި އެކު ކަމަަކަށް ކުރިމަތިލައިފި ކަމުގައި ވާނަމަ، އެކަމެއް ކާމިޔާބު ވާނެކަން ޖައިލަމް ހަމަ ރަނގަޅަށް ވެސް ދައްކައިދީފައެވެ. އެކަމުގެ ހެކި ޖައިލަމްގެ ބަނޑުމަތީގައި ފެތުރިފައިވާ ގޮޅިތަކުން ދެބަހެއް ނުވާ މިންވަރަށް ހެކިކޮށްދެއެވެ. ޖައިލަމަކީ ބޮޑީ ބިލްޑު ކުރުމުގެެ އިތުރުން އެހެން ބައެއް ކަންކަމަށް ވެސް ޝައުޤު ހުންނަ ޒުވާނެކެވެ. އަދި އެކި ކަންކަން ކުރަމުން އަންނަ ޤާބިލް ޒުވާނެކެވެ. އެގޮތުން އިސްތިހާރުތައްް ކުޅުމާއި، އަދި ޓީވީ ފްރޮގުރާމެއް ވެސް ޖައިލަމް ވަނީ ޝޫޫޓްކޮށްފައެވެ. އަދި ނިމުނީއެއް ނޫނެވެ. ޖައިލަމަކީ ޕާރޓް ޓައިމްކޮށް އެކައުންޓު ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއް ވެސް މެއެވެ.

ބީއެމްއެލް އިޝްތިހާރެއްގައި ޖައިލަމް

އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުންް ޖައިލަމްއާ އިންޓަރވިއު ކޮށްލީމެވެ.

ކޮން އަހަރަކުން ފެށިގެންތޯ ފިޓްނަސް ޓުރެއިނާރއެއް ގޮތުގަ ހަރަކާތްތެރި ވާން ފެށުނީ؟
2018 ނިމުނު އިރު ޓުރެއިނާރ ސެޓިފިކެޓު ހޯދާފަ، ޓުރެއިނާރ އެއް ގޮތަށް ބޮޑީޓެކް ޖިމަށް ވަނީ.

ރާއްޖޭގެ އެއްވެސް ރަށަކަށް ފިޓްނަސް ކޭމްޕަކަށް ދިޔައިން ތޯ؟
ނޫން! އަދި ނުދަން.

ބޮޑީޓެކްގަ ވަޒީފާ އަދާކޮށްފަ، ކީއްވެތޯ އެތަނުގަ މަސައްކަތް ކުރުން ހުއްޓާލީ؟
ބޮޑީޓެކްގަ ޑިޔުޓީއަށް އުޅުނު އިރުވެސް އައީ ކިޔަވަމުން. އެހެންވެ ކިޔެވުމަށް އިތުރު ޓައިމް ދީފަ ޕާރސަނަލް ލައިފަށް ވެސް ޓައިމް ބޭނުން ވާތީ. ފްރީލާންސް ޕާރސަނަލް ޓްރެއިނާރއަކަށް ވެފަ ޑިޔުޓީއިން ކެނޑުނީ.

ޖައިލަމް އަކީ މިހާރު ކިތަންމެ ފިޓް ޒުވާނަކަސް ކުރިން، ފަލަކޮށް ހުރި ޒުވާނެއް

އެހެން ޓްރެއިނާރ ތަކާ ބަލާފަ ޖައިލަމްގެ ހުރި ތަފާތަކީ ކޮބާތޯ؟
މި ފީލްޑްގަ ދިމާވި ގިނަ ޓްރެއިނާރސް އަކީ ހަމަ ވަރަށް އިންޓަރެސްޓާ އެކީގަ އަދި ކުލައިންޓުންނަށް ވަރަށް ރަނގަޅު މީހުން. އެގޮަތަށް ޕާރސަނަލީ ކޮމްޕެއާރ ކުރާކަށް އެހާ ބޭނުމެއް ނޫން އެހެންވީމަ ފީލްޑުގެ އެހެން ޓްރެއިނާރސް އާ.

ޒުމްބާ ޖައްސާ އުޅުއްވަންތޯ؟ ޝައުޤުވެރިކަން ހުންނަ ކަމެއްތޯ އެއީ؟
ނޫން! ޒުމްބާ އެއީ އެެއްވެސް ވަރަކަށް ޝައުޤު ހުންނަ ކަމެއް ނޫން.

ކޮބާތޯ މިދާއިރާގަ އުޅެމުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ؟
އެންމެ ބޮޑު ކާމިޔާބީ އަކީ ކުލައިންޓްސްގެ ރިވިއު ޕޮޒިޓިވް ވުން. އެއީ އެންމެ ސެޓިސްފައިޑްވާ ކަންތައް ވެސް.

އޮންލައިންކޮށް ފިޓްނަސް ކުލާސްތައް ނެންގެވިންތޯ؟
ނޫން! އަދި އޮންލައިންކޮށް ނީންނާނެ ނަގާފަ ފިޓްނަސް ކުލާހެއް.

https://www.facebook.com/943389169382849/posts/1313888805666215/?d=n

ފިޓްނަސް ޓްރެއިނާރ އެއްގެ ގޮތުގަ ހުރެ ހުންނާނެތޯ އެއްވެސް ޓްރެއިނިން ބައިވެރިއަކާ ދިމާއަށް ރުޅި އައިސްގެން މުޚާތަބުކޮށްފަ؟
އެއްވެސް އިރެއްގަ އެެހެން މުޚާތަބު ކޮށްފަ ނުހުންނާނެ. ދާއިރާގަ އުޅެމުން ވެސް އަދި ޕާރސަނަލް ލައިފްގަ ވެސް.

ކޮބާތޯ ފީ އަކީ ފިޓްނަސް ޓްރެއިން ތަކުގަ ބައިވެރި ވުމަށް؟
އާއްމުކޮށް ނަގާ ރޭޓަކީ ޕާރސަނަލް ޓްރެއިން ޗާރޖަކަށް 1550 އާއި 2500 އާ ދެމެދުގެ ފީއެއް. ޑިޕެންޑް ވާނީ ކްލައިންޓްގެ ގޯލްސް އަށް.

ކޮބާތޯ ޓްރެއިނިންގ ބައިވެރިއެއްގެ ފަރާތުން ލިބުނު އެންމެ ޕޮޒިޓިވް އަދި ނެގެޓިވް ކޮމެންޓަކީ؟
ކްލައިންޓްސްގެ ފަރާތުން ލިބިފައިން އެންމެ ޕޮޒިޓިވް ކޮމެންޓަކީ އެކްސްޕެކްޓެޑް ވަރަށް ރިޒަލްޓްސް ގެނެވުން ކަމަށް ބުނުން. ނެގެޓިވް ކޮމެންޓަކަށް ވިސްނެނީ ކްލައިންޓް ފްރީ ވާނެ ކަމަށް ބުނާ ޓައިމަށް ބައެއް ފަހަރު އެވެއިލަބަލް ނުވެވުން. ބިޒީ ޝެޑިޔުލެއްގަ އުޅުނު ދުވަސްކޮޅު.

https://www.instagram.com/p/B2yk2mHgO7Y/?igshid=eyzi62w9ivd9

އާއްމު ދިރިއުޅުން ކިހިނެއްތޯ؟
އާއްމު ދިރިއުޅުން ހަމަ ރަގަނޅު. ޕެޝަން ފޮލޯ ކުރަމުން، ޕެޝަން ކެރިއާރ އެއްގެ ގޮތުގަ ކުރިއަށް ގެންދިޔައިމަ ލައިފް އަސްލު ވަރަށް ސެޓިސްފައި.

ކައިވެނި ކޮށްގެންތޯ އުޅުއްވަނީ؟ ދަރިއަކު ހުރޭތޯ؟
އަދި ނުކުރަން. ދަރިއެއް ވެސް އެހެން ވީމަ ނުހުންނާނު. ހައްހައްހާ

ކޮންބައެއްގެ ފަރާތުން ތޯ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ތި ކުރައްވާ މަސައްކަތުގަ؟
މަންމަ. އަބަދުވެސް ބުނާނެ ކުރާ ކޮންމެ ކަމެއްވެސް ވާނޭ އޭ. ދެން ސިސްޓާރސް އަދި ގާރލްފުރެންޑް. ވަރަށް ޕޮޒިޓިވިޓީ އިންނާނެ އަބަދުވެސް ކުރަން އުޅޭ ކޮންމެ ކަމެއްގަ ވެސް އެމީހުންގެ ފަރާތުން.

ކޮރޯނާގެ މި ބިރުވެރި ދުވަސްތަކު ކީކޭތޯ ބުނެލަން ބޭނުން ވަނީ އާއްމުނަށް؟
އެޗްޕީއޭ ގެ ގައިޑުލައިންސް ފޮލޯ ކޮށްފަ، ހެލްތު އެންޑު ފިޓްނަސްއަށް ހަމަ ބަލައިގެން އަބަދުވެސް އުޅުން.

ޖައިލަމް އަކީ މިހާރު ކިތަންމެ ފިޓް ޒުވާނަކަސް ކުރިން، ފަލަކޮށް ހުރި ޒުވާނެއް

ކޮބާތޯ މިދާއިރާއިން ލިބުނު ސެޓްފިކެޓު ތަކަކީ؟
އިންޓަރނޭޝަނަލް ސްޕޯރޓްސް ސައިންސް އެސޯސިއޭޝަން (އައިއެސްއެސްއޭ) ގެ ސެޓިފައިޑް ފިޓްނަސް ޓްރެއިނާރ ސެޓިފިކެޓު. އަދި ވަރަށް އަވަހަށް އެއަށްވުރެ މައްޗަށް ކިޔަވަން ފަށާނަން.

ހޮބީއެއްގެ ގޮތުގައި ކީއްތޯ ކޮށްލަވަނީ؟
ހޮބީއެއްގެ ގޮތުގަ އެންމެ ބޮޑު ކަމަކަށް އިންނާނީ ހަަމަ ވޯކްއައުޓު ކުރުން. އޭގެ އިތުރުން ހޮބީސް އަކީ ކުކިން، އަދި އާރޓިކަލްސް / ފޮތް ކިޔާ އުޅެން.

ޖައި އެއްވެސް ވަރަަކަށް ފިލްމީ ދާއިރާއަށް ޝައުޤުވެރިކަން ހުރޭތޯ؟
ފިލްމީ ދާއިރާއަކަށް އެހާ އިންޓަރެސްޓެއް ނުހުރޭ އަސްލު ތެދަށް ބުނަންޏާ.

މަންމައާ އެކުގަ ތޯ ދިރި އުޅެނީ؟
ޔެސް!

މަންމަ ކުޅެފަ ހުރި ފިލްމު ތަކުގެ ތެރެއިން އެންމެ ކަމުދަނީ ކޮން ފިލްމެއްތޯ؟ އަދި ކޮން ލަވައެއް ތޯ؟
“ނަސީބު” ކިޔާ ފިލްމެއް އިންނާނެ. އެ ފިލްމު ލަވަޔަކަށް، ‘ދެން ދެން ދެން ހާމަވާ’. ހަނދާންވާ ގޮތުގަ ރީކޯ މޫސައާ އެކީގަ ކުޅެފަ އިންނާނީ އެ ލަވަ.

ލިލިއަން އަކީ 90ގެ އަހަރުތަކާ ހަމައަށް އެކްޓިންގައި ހަރަކާތްތެރިވި މަޝްހޫރު އެކްޓްރެސްއެއް

މަންމައާ އެކުގަ ފިލްމެއް ކުޅެން ފުރުޞަތު ލިބެއްޖިއްޔާ ކުޅޭނަންތޯ؟
މަންމަ މިހާރު ހިޔެއް ނުވޭ ފިލްމު ކުޅޭނެ ހެނެއް. އެހެންވީމަ ހަމަ އޯލްމޯސްޓް އިމްޕޮސިބަލް ކަމެއް އެއީ.

އެންމެ ކަމުދާ ދިވެހި އެކްޓަރ އަދި އެކްޓަރަސް އަކީ ކޮބާތޯ ޖައިއަށް؟
އެކްޓްރެސް އަކަށް ބަލަންޏާ، މަންމަ ހަމަ އެންމެ ކަމުދަނީ ފިލްމީ ދާއިރާގަ ރާއްޖޭގަ. އެކްޓާރ އަކަށް ވިސްނާލާ އިރު ޔޫސޭ އޭ ބުނެވޭނީ ފެއިލް ނުވާތީ ހެއްވާލަން.

މުނިއަވަސްއާ މެދު ބުނެލާނީ ކީއްކޭތޯ؟
މުނިއަވަސް އަކީ އަސްލުގަ އާއްމުކޮށް އަންނަ އިޝޫތަކުގެ ޚަބަރަށް ވުރެ، ގިނައިން ސެލެބިރިޓީ ކޮންޓެންޓް އަދި އެންޓަރޓެއިންމެންޓްގެ ވާހަކަތައް ފެންނަ ބައެއް. އެހެން ވީމަ ވަރަށް ތަފާތު.

މުނިއަވަސް ޓީމުގެ ފަރާތުން ޖައިލަމަށް އެދެނީ ކުރިއެރުމާއި ފާގަތި ކަމެވެ. އަދި ޖައިލަމަކީ ފިޓްނަސްގެ ދާއިރާއިން މުޅި ޤައުމު ފަޚުރުވެރިވާނެ ފަދަ ޒުވާނަކަށް ވުމަކީ މުނިއަވަސްގެ އެދުމެވެ.

މުނިއަވަސް އިން، ޖައިލަމްގެ މަންމަ، ކުރީގެ މަޝްހޫރު އެކްޓްރެސް ލިލިއަން ސަޢީދުގެ މިފަދަ އިންޓަވިއުއެއް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަކަން މި ފުރުޞަތުގައި ހާމަކޮށްލަމެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު
Fit6 އަހަރު ކުރިން

All the best jailam

fit6 އަހަރު ކުރިން

Best trainer I met at body tech gym. Professional vefa hih heyo trainer eh. Keep it up

Hanaan6 އަހަރު ކުރިން

Ma mee eyna ge kairin training nagaafa huri client eh . Kuda dhuvas kolhe thereyga eyna hury masha result fenna Varu kohdheefa Ehenve varah budhdhi ah gaboolu kuran undhagu vahaka eh thi dhakkny. Amilla meehaa ah change genevey varu meehaka thaa hama gaimuves ehn meehaka evaruge change eh genesdheveyny furathama .

Raaifa6 އަހަރު ކުރިން

jailam ge instagram ga eba in result furathama genessa in muhdhathu jahaafa photo eh

kon golaeh6 އަހަރު ކުރިން

mashah jailam fene gym therein eyna feshi dhuvahun miadhaa hamaya vs. Madhu dhuvas kolhe ge therey result genes result dhakamun anna golaeh eii

hhhh6 އަހަރު ކުރިން

Not using his mom. just mentioned her name. he is already famous

chui6 އަހަރު ކުރިން

Thee ahanaa ekeega feshi golaeh . Adhives ahanaa ekeega dhanee . 4 months thereyga feshi thaa result genessi. Emme gadha eh golaa

ehhkala golaa6 އަހަރު ކުރިން

aharennaa eku gym ah dhiya soreh. dholhu aharu vee iru vs veekameh haraan. ekam habarah araa miothy molhu kohfa. hahaa. majaa kameh .

Hasanu6 އަހަރު ކުރިން

Kon balaaeh

އަޙްމަދު ރަޝީދު6 އަހަރު ކުރިން
Sus6 އަހަރު ކުރިން

Mihaaru ge photo eh nehta

Bollywood6 އަހަރު ކުރިން

This is called nepotism. Why using his moms name to give him credential. Don’t promote start kids

dhaain6 އަހަރު ކުރިން

liliyan ge interview eh genesdheebr

Home
Menu
Search
Back to top