ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަބީޝެކް ވެސް ކޮވިޑަށް ފައްސިވެއްޖެ

އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އަމީތާބު ކޮވިޑަށް ފައްސިވެގެން މިއަދު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު އަބީޝެކް ވެސް މިހާރު ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ.

ކޮވިޑް-19 އަށް އަބީޝެކް ފައްސިވެފައިވާކަން އަންގާފައިވަނީ ވެސް މިއަދު އަބީޝެކް ކުރި ޓްވީޓެއްގައެވެ.

“މިއަދު އަހަންނާ އަހަރެންގެ ބައްޕަ ވަނީ ކޮވިޑް-19 އަށް ފައްސިވެފަ. އަހަރުމެން ދެމީހުންނަށްވެސް ކޮވިޑްގެ އަލާމާތްތައް ކުޑަކޮށް ފެނިފައިވުމުން ހޮސްޕިޓަލުގައި ވަނީ އެޑްމިޓްވެފަ. އަހަރެންގެ އާއިލާއާއި މުވައްޒަފުން ޓެސްޓްކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި ވާނީ އެދިފަ.” އަބީޝެކް ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް ” ކޯން ބަނޭގާ ކްރޯޑް ޕަތީ” ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ދާދި ފަހުން ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top