ބޮލީވުޑްގެ މެގަސްޓަރ އަމީތާބާއި އޭނާގެ ދަރިފުޅު އަބީޝެކް ކޮވިޑް-19 އަށް އިއްޔެ ފައްސިވެފައިވާއިރު، އަބީޝެކްގެ އަންހެނުން އައިޝްވަރިޔާ ރާއީ އާ ދަރިފުޅު އާރާދިޔާވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މި ދެމައިން ބައްޔަށް ޕޮޒިޓިވީ ދެވަނަ ޓެސްޓުންނެވެ.
އަމީތާބާއި އަބީޝެކް ކޯވިޑަށް ޕޮޒިޓިވްވުމުން އައިސްވަރިޔާއާއި އާރާދިޔާގެ އިތުރުން ޖާޔާ ބަޗަންވެސް ވަނީ ޓެސްޓްކޮށްފައެވެ. ޖަޔާ ބަޗަންގެ ދެ ޓެސްޓުންވެސް ވަނީ ނެގެޓިވްކަމަށް ދައްކާފައެވެ. އެހެންނަމަވެސް އަދިވެސް ޖާޔާ ޗެކްކުރަން ވަނީ ނިންމާފައެވެ.
އަމީތާބުގެ ގެ ’ޖަލްސާ‘ މިވަގުތު ވަނީ އެހެން މީހުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ބީއެމްސީ އިން ވަނީ އަމީތާބުގެ ގެ ޑިސްއިންފެކްޓްކޮށްފައެވެ.
އަމީތާބަށް ކޯވިޑް ޖެހުމުން އެ އާއިލާގެ 16 މީހަކުވަނީ ޓެސްޓް ހަދާފައެވެ. މީގެއިތުން އެގޭގައި މަސައްކަތް ކުރާ މީހުންނާއި ސެކިއުރިޓީ ގާޑުންވެސް ވަނީ ސާމްޕަލް ނަގާ ޓެސްޓްހަދާފައެވެ. މި އެންމެންގެ ރިޕޯޓްތައް ލިބޭނީ މާދަމާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




